މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ލ. އަތޮޅުގެ ކުދި ރަށްރަށް ކޯޒްވޭތަކުން ގުޅުވާލުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ލ. އަތޮޅަށް ވަޑައިގެން ކައްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ލ. އަތޮޅުގެ ރަށްތައް ކޯޒްވޭތަކުން ގުޅުވާލުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެމަނިކުފާނު ލ.އަތޮޅަށް ވަޑައިގަންނަވާއިރު އެމަސައްކަތް ފެށިގެން ހިނގަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"ބައެއް ރަށްރަށް އެބަހުރި އެއްފަޅުގައި ހުރި ވަރަށް ތިލަ ރަށްރަށް. އެ ވާހަކަ އަޅުގަނޑުމެން ދެއްކީ އެއީ ބުނެލާފައި ދޫކޮށްލާކަށް ދެއްކި ވާހަކަ އެއް ނޫން. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އިރާދަކުރެއްވިޔާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަޅުގަނޑު މި ރަށްތަކަށް އަންނައިރު އެމަސައްކަތް ފެށިގެން ކުރިއަށްދާތަން ތިބޭފުޅުންނަށް ފެންނާނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ހައްދުންމަތީގައި ސަރުކާރުން އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ލ.އަތޮޅުގައި ޓާޝަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލާއެކު މުޅި ދެކުނާއި މާލެއަށް ވަރަށް ބޮޑު ލުޔެެއް ލިބިގެންދާނެ ކަަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެންސަރު ހޮސްޕިޓަލް ލ. އަތޮޅުގައި އަޅަން އުޅުމުން އެކަމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވެގެން އުޅުނު ކަމަށެވެ. ލ.ގައި އަޅާ ކެންސަރު ހޮސްޕިޓަލަކީ މުޅި ރާއްޖެއަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ އެއްގޮތަކަށް ވެސް ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށް ބުނެ ލަފާދިން އަޅުގަނޑަށް ކާކުތޯ މިތަނަށް އަންނާނީ، އެހެންނަމަވެސް ދުރު ރާސްތާގައި އަޅުގަނޑު ދެކޭނީ މިއީ މުޅި ރާއްޖެއަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައި. އެހެންވެ އެގޮތުގައި އަޅުގަނޑުމެން ކުރިއަށް މިދަނީ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މިސްރާބަށް ކުރިޔަށް ދާން ކަމަށާއި އެމަނިކުފާނު ކެމްޕޭންގައި ވަޑައިގެންނެވި ރަށްތަކުން އެކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ފެނިވަޑަައިގަތީ އެމްޑީޕީގެ މެންބަރުން އެމަނިކުފާނަށް ވޯޓު ދެއްވާ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެނުނު މަންޒަރަކީ ކޮންމެ ރަށަކުން ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ. ލ އަތޮޅުން ގަމާއި ފޮނަދޫ އަދި އެހެން ރަށްރަށުގެ މަންޒަރު ވެސް ވަރަށް ސާފު. ހއ. ހދ. ށ. ނ. ރ. ބ. ޅ. އިން ވެސް ފެންނަނީ ބޮޑުތަނުން ކާމިޔާބުކުރާ ތަން." ރައީސް ސާލިޙު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ލ. ކައްދޫއަށް މިރޭ ވަޑައިގެންނެވުން އެތައް ބަޔަކު ގެންދަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއްް ދަންނަވަމުންނެވެ.

ރައީސަށް މަރުޙަބާ ދަންނަވަން ސަފުގައި ހުރި ދޮށީ އުމުރުގެ ބޭފުޅަކު ވިދާޅުވީ ޕްރައިމަރީގައި ލ އަތޮޅުން ވޯޓުން ހޯދަން އެހެން ބޭފުޅުން އުޅުއްވާނެކަމެއް ނެތްކަމަށާއި، މުޅި ލ އެމް.ޑީ.ޕީ އޮތީ ރައީސްއާއެކު #ކުރިއަށް ކަމަށް. ލާމުން ބޮޑުކޮށް މިއޮތީ ތާއީދު ދައްކާލާފައި.#MDPKuriah #Ibu2023 pic.twitter.com/pei8mTpQZm
— Miuvan (@Miuvaan) January 19, 2023
"ބައެއް ރަށްރަށް އެބަހުރި އެއްފަޅުގައި ހުރި ވަރަށް ތިލަ ރަށްރަށް. އެ ވާހަކަ އަޅުގަނޑުމެން ދެއްކީ އެއީ ބުނެލާފައި ދޫކޮށްލާކަށް ދެއްކި ވާހަކަ އެއް ނޫން. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އިރާދަކުރެއްވިޔާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަޅުގަނޑު މި ރަށްތަކަށް އަންނައިރު އެމަސައްކަތް ފެށިގެން ކުރިއަށްދާތަން ތިބޭފުޅުންނަށް ފެންނާނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ހައްދުންމަތީގައި ސަރުކާރުން އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ލ.އަތޮޅުގައި ޓާޝަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލާއެކު މުޅި ދެކުނާއި މާލެއަށް ވަރަށް ބޮޑު ލުޔެެއް ލިބިގެންދާނެ ކަަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެންސަރު ހޮސްޕިޓަލް ލ. އަތޮޅުގައި އަޅަން އުޅުމުން އެކަމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވެގެން އުޅުނު ކަމަށެވެ. ލ.ގައި އަޅާ ކެންސަރު ހޮސްޕިޓަލަކީ މުޅި ރާއްޖެއަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ އެއްގޮތަކަށް ވެސް ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށް ބުނެ ލަފާދިން އަޅުގަނޑަށް ކާކުތޯ މިތަނަށް އަންނާނީ، އެހެންނަމަވެސް ދުރު ރާސްތާގައި އަޅުގަނޑު ދެކޭނީ މިއީ މުޅި ރާއްޖެއަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައި. އެހެންވެ އެގޮތުގައި އަޅުގަނޑުމެން ކުރިއަށް މިދަނީ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މިސްރާބަށް ކުރިޔަށް ދާން ކަމަށާއި އެމަނިކުފާނު ކެމްޕޭންގައި ވަޑައިގެންނެވި ރަށްތަކުން އެކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ފެނިވަޑަައިގަތީ އެމްޑީޕީގެ މެންބަރުން އެމަނިކުފާނަށް ވޯޓު ދެއްވާ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެނުނު މަންޒަރަކީ ކޮންމެ ރަށަކުން ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ. ލ އަތޮޅުން ގަމާއި ފޮނަދޫ އަދި އެހެން ރަށްރަށުގެ މަންޒަރު ވެސް ވަރަށް ސާފު. ހއ. ހދ. ށ. ނ. ރ. ބ. ޅ. އިން ވެސް ފެންނަނީ ބޮޑުތަނުން ކާމިޔާބުކުރާ ތަން." ރައީސް ސާލިޙު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ލ. ކައްދޫއަށް މިރޭ ވަޑައިގެންނެވުން އެތައް ބަޔަކު ގެންދަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއްް ދަންނަވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު