ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެންމެ ބޮޑު އުމުރާނީ ތަރައްގީއެއް ގެނެވިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ހިނގަމުން މިދާ ރިޔާސީ ދައުރުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ ރައީސް ސާލިޙުގެ ޒައާމަތުގައި މި ފާއިތުވެ ދިޔަ ހަތަރު އަހަރަކީ އެއް ދައުރެއްގެ ތެރޭގައި ތައުލީމީ ދާއިރާއަށް އެންމެ ބޮޑު އުމްރާނީ ތަރައްގީއެއް ގެނެވުނު ހަތަރު އަހަރު ކަމަށެވެ. މިނިސްޓަރު ވަނީ މި ސަރުކާރުން ތައުލީމީ ދާއިރާގެ ތަރައްގީއަށް ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ފޮޓޯތައް ވެސް ހިއްސާކުރަށްވާފައެވެ.

އެކަމަނާ ވިދާޅުވީ މިސަރުކާރުން ރާއްޖޭގައި އެތައް ގިނަ މަލްޓިޕާޕަސް ހޯލްތަކެއް އަޅާ އެތަންތަނުގެ ޚިދުމަތް ދަރިވަރުންނަށް މިހާރު ލިބެން ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މި ސަރުކާރުގެ ތަރައްގީ އަންނަނީ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެފަައިވަނިކޮށެވެ. މި ސަރުކާރުން ތައުލީމީ ދާއިރާއަށް ގެނެސްފައިވާ އުމުރާނީ ތަރައްގީގެ ފޮޓޯތައް ހިއްސާކުރަށްވައި މިނިސްޓަރު ވިދާޅުވީ "ނިމިއްޖެ" ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު