އއ. ތޮއްޑޫގެ ކައުންސިލާއެކު އޯޕަން އެކްސްސް ވިއުގަ ފަދަ ސްމާޓް އިންފްރާސްޓްރަކްޗާ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީން ސޮއިކޮށްފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެ ކަންކަމުގެ ތެރޭގައި، އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުޝަންތައް ތޮއްޑޫގައި ތައާރަފު ކުރުން ހިމެނޭ ކަމަށެވެ.



އެޗްޑީސީން ބުނީ ކާމިޔާބު ކަމާއެކު ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް ހުޅުމާލޭގައި އަޅާފައިވާ ކަމަށެވެެ. އަދި މި މަސައްކަތަށް ހާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ތައާރަފު ކުރެވެމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީން ބުނިގޮތުގައި ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމަ އެކަނި އާބާދީ ބޮޑު ސިޓީތަކަށް ހާއްސަ އެއްޗެއް ނޫން ކަމަށެވެ. ކުދި ރަށްތަކުގައި ވެސް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުންވެސް އުޖާލާ ކުރެވިދާނެ ކަމަށް ކަމަށް ގަބޫލުކުރާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު