ރިވެތިކޮށް ކަންކަން ކުރައްވާނަމަ އެމްޑީޕީ ގަޑުބަޑުކުރަން ނޫޅުއްވާނެކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ރައްދު ދެއްވައިފިއެވެ.
ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ބޭފުޅަކު ހޮވުމަށް މި މަހުގެ 28 ގައި ބާއްވާ އިންތިހާބުގައި ދެ ރައީސުން ވާދަކުރައްވާއިރު ކެމްޕެއިން ބައްދަލުވުންތަކާއި ޖަލްސާތަކުގައި ދެފަރާތުންވެސް ދަނީ ފާޑުކިޔައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.
އެގޮތުން، ރިވެތި ގޮތަކަށްވާނީ ރައީސް ޞާލިޙް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް ނަޝީދާއި ވާދަ ކުރެއްވުން ކަމަށް ކެމްޕޭންގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ރޮޒޭނާ މިއަދު ވަނީ އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
ރޮޒޭނާ ވިދާޅުވީ، ރިވެތި ގޮތަކަށް ކަންކަން ކުރާނަމަ ރިޔާސީ ނިޒާމެއްގައި ޕާޓީގެ މެންބަރަކު ވެރިކަމުގައި ހުއްޓާ ދެވަނަ ދައުރަކަށް ދާނަމަ ޕްރައިމަރީއެއްވެސް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނާއި ވާދަކޮށް ޕާޓީގެ އެތެރެ ގަޑުބަޑު ކުރާކަށްވެސް ނޫޅުއްވާނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދު ދެވަނަ ދައުރަކަށް ނުކުތްއިރު މި ޕާޓީން ރައީސް ނަޝީދާއި ވާދަ ކުރަން އެއްވެސް މީހަކު ނުނިކުމޭ. އެއީ ރިވެތި ގޮތަށް ކަންކަން ކުރަންވެގެން. ރައީސް ނަޝީދަށް އެ ރިވެތިގޮތް ނޭނގުމުގެ އަގު އެމްޑީޕީއަށް ވަރަށް ބޮޑުވާނެ. ނަމަވެސް އެމްޑީޕީގެ ގިނަ މީހުންނަށް ހެޔޮވިސްނޭތީ މި އިންތިހާބު ރައީސް އިބޫ ކާމިޔާބު ކުރައްވާނެ." ރޮޒޭނާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީގައި އުފެދިފައިވާ ދެކޮޅުވެރިކަމުގެ ތެރޭގައި ރައީސް ނަޝީދަށް އެންމެ ގިނައިން ފާޑުވިދާޅުވާ އެއް ބޭފުޅަކީ ރޮޒޭނާއެވެ. އަނެއްކޮޅުން އެމްޑީޕީގެ ނަޝީދު ފެކްޝަންގެ މެންބަރުންގެ ފާޑުކިއުމާ ދިމާކުރުން ވެސް އެންމެ ބޮޑަށް އަމާޒުވާ ބޭފުޅަކީ ރޮޒޭނާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު