އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއިއެކު މިހާތަނަށް ވެސް ހުންނެވި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

އެކަން އޭނާ އިއުލާނު ކުރައްވާފައިވަނީ ދެންމެ ސިރާޖު ކުރެއްވި ޓްވީޓެއްގައެވެ.

ސިރާޖު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމުކަމަށެވެ. އަދި އެހެންއެކަން އޮތުމުން ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް ސިރާޖު ވިދާވެފައި ވެއެވެ.



ސިރާޖު ރައީސް ޞާލިޙަށް ތާއީދުކުރަށްވަން މިއަދު ނިންމެވިއިރު އެމްޑީޕީގައި މިފަހުން އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ސިރާޖު މުޅިންވެސް ދިފާއު ކުރައްވާފައިވަނީ އަދި އެކުގައި ހުންނެވީ ވެސް ނަޝީދާއިއެކުއެވެ.

ޕްރައިމަރީގެ ވޯޓުލުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެމްޑީޕީގެ މެންބަރުން ދަނީ، ޕްރައިމަރީގެ ދެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ވާދަވެރިކަމާއެކު ކެމްޕޭން ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު