ސަރުކާރާއި ހަވާލުވެ ތިއްބެވިއިރު ނުކޮށްދެވުނު އަދި ނުކުރެވުނު ކަމެއް އެހެންމީހަކު ކުރާތަން ބަލަން ސިޔާސީ ލީޑަރުންނަށް ފަސޭހަނުވާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު ރޭ ވިދާޅުވެއްޖެއެވެ.
ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް ނުކޮށްދެވުނު ނުވަތަ ނުކުރެވުނު ކަމެއް މިސަރުކާރުން ކުރާތަން ބަލަން ސިޔާސީ ލީޑަރުންނަށް ފަސޭހަނުވާނެ ކަމަށެވެ. އަދި އެމީހުންނަށް ނުވި ކަންތައްތައް މި ސަރުކާރުން ކުރާނަމަ ސިޔާސީ ލީޑަރުން "މޭކަރާނެ" ކަމަށް ޣަފޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު މަސައްކަތެއް ކުރީ މި ސަރުކާރުން ކަމަށެވެ. އަދި މި ސަރުކާރުން ވެފައިވާ ވައުދުތައް ތާވަލާއި އެއްގޮތަށް ފުއްދާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވީ މި ސަރުކާރާއި މެދު ރައްޔިތުންގެ އިތުބާރު ކުޑަ ނުވާނެ ކަމަށާއި މިއީ ނަމޫނާ ސަރުކާރެއް ކަމަށެެވެ. އަދި ރައީސް ސާލިޙާއެކު ތިބީ ވަރަށް އުއްމީދާއެކު ކަމަށާއި އެމަނިކުފާނު ދޫކޮށްނުލާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ނުހިންގިގެން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކަޑާލި ކަމަށެވެ. އެހެން ނަމަވެސް ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި މި ސަރުކާރުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަކޮށްފައިނުވާއިރު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވެސް ނުވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ކަމެއް ކޮށްނުދެވުނީމާ، ކަމެއް ނުވީމާ ދަރަނިވެރިވާނެއޭ ދަރާނެއޭ މިހެން ބުނާ އަޑު މިއިވެނީ. އަޅުގަނޑުމެންނަށް ފެނުނު އެތައް މުވައްޒަފުންގެ މުސާރަ ކުޑަކޮށް އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރި މަންޒަރު. އަޅުގަނޑުމެންނަށް ފެނުނު އައިއެމްފްގެ ޕެކޭޖަށް ދާން ޖެހުނު މަންޒަރު. މިހުރިހާ ކަމަކީ އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި ހިނގާފައި ހުރި ކަންކަން. ކޮވިޑުގެ ހާލަތުގަައި ބައިރުފިޔާއެއް ވެސް ކަނޑާނުލާ ސަރުކާރު ހުރިހާ މުވައްޒަފުންނަށް މުސާރަ ދީފައި ހުންނާނީ. ޓީޗަރުންގެ މުސާރަ އެ އޮތީ ބޮޑުތަނުން ބޮޑުކޮށްދީފައި. އިރާދަކުރެއްވިއްޔާ ރައީސް އެ ވިދާޅުވަނީ ވަކި މީހެއް ބެލުމެއް ނެތި ހެލްތު ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުތަނުން ބޮޑު ކޮށްދޭނަމޭ." ޣަފޫރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު