އަހުމަދު މަސްނޫމް   19 ޖެނުއަރީ 2023 - 9:9
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ކެމްޕެއިން ދަތުރުފުޅެއްގައި ހުވަދޫ އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.



ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ހުވަދޫގެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ.

އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު އޮންނައިރު ރައީސް ސާލިހާއި ރައީސް ނަޝީދު ގެންދަވަނީ ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު