ބ. ތުޅާދޫ، ށ، ބިލެތްފެހި، ތ. ވިލުފުށި އަދި ހދ. މަކުނުދޫގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، ސަރުކާރުން ބ. ތުޅާދޫ، ށ، ބިލެތްފެހި، ތ. ވިލުފުށި އަދި ހދ. މަކުނުދޫގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ދެން އޮތީ އެ މަސައްކަތް ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މާފަރު ބައިނަލްއަގުވާމީ އެއާޕޯޓުގެ އެކްސްޕެންޝަން މަސައްކަތް މޯބިލައިޒް ކުރެވިއްޖެ. މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯޓް އަޅާނެ ފައިސާ ހޯދިއްޖެ. މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލެވިއްޖެ. ދެން އޮތީ މަސައްކަތް ފެށުން. ރ. އަތޮޅު ނިމުމުން، ޑޮމެސްޓިކް އެއާޕޯޓްތަކުން މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެ،" ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހޯރަފުށީ އެއާޕޯޓް ނިންމައި ބޭނުން ކުރަން ފެށިއްޖެ ކަމަށެވެ. އަދި ފަރެސްމާތޮޑާ އެއާޕޯޓުވެސް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު