ބޮޑުތިލަދުންމަތީގެ ރައްޔިތުން ގިނަ ޒަމާންތަކެއް ވަންދެން ދެކެމުން އައި ހުވަފެނުގައި ކުލަޖައްސައިދިނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީއާއިއެކު ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއެއް ކަމަށެވެ.
އަދި އެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ދަތުރުވެރިކަން ފުޅާވެ ކުރިއަރައިގެން ދާނެކަމަށާއި އެއާއިއެކު އެ ސަރަހައްދަށް އިގުތިސާދީގޮތުން ބޮޑު ކުރިއެރުމެއް ލިބިގެން ދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މިއީ ބޮޑުތިލަދުންމަތީގެ ރައްޔިތުން ވަރަށް ކުރީއްސުރެ ދެކެމުންއައި ހުވަފެނެއް ކަމަށާއި އެ ހުވަފެނުގައި ކުލަޖައްސަވައިދެއްވި ބޭފުޅަކީ ރައީސް ޞާލިޙް ކަމަށާއި މިކަމުން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނުވާކަމަށެވެ.
ޝާހިދުގެ ވާހަކަފުޅުގައި ސަރުކާރުގެ އިގްތިސާދީ އަދި އުމްރާނީ ފައިދާ ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖެއަށް އަންނަ ތަރައްގީގައި އިންޑިއާގެ ހިއްސާ ބޮޑުކަން ފާހަގަ ކުރައްވާ ޝާހިދު ވަނީ އެކަމުން ދޭހަކޮށްދެނީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުންކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު