މިހާރު ކުރިއަށްދާ ގޮތަށް ގޮސްގެން ރާއްޖޭގެ ރައްޔިތުން މަގުމަތި ނުވާނެކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ރައީސް ވިދާޅުވީ ބޮޑު އުތުރާއި ބޮޑު ތިލަދުންމައްޗާއި އަދި މުޅި ރާއްޖޭގެ ތަރައްގީއަށް ސަރުކާރުގެ ތަސަރައްވުރުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށެވެ. އެގޮތުން އޭގެ ގިނަ ކަންކަން ފެށިގެން ދަނީ ކުރިއަށް ކަމަށާއި ރައްޔިތުންނަށް ވައުދުވީގޮތަށް، އަރާމު އަގުހެޔޮ ހައި ސްޕީޑު ފެރީގެ ނިޒާމެއް ގެނައުމަށް ވީ ވައުދު ފުއްދައި ދެވެމުން ދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"މި ބޮޑު އުތުރުގެ ސާޅީސްއެއް ރަށް އެވަނީ އެނިޒާމުން އަމުނާ ގަތާ ބަނދެވިފައި. މި ސަރުކާރުގެ އާރްޓީއެލް ހިދުމަތް ދިނުމުގެ މަސައްކަތް ނިމިއްޖެ. ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން. މިދާ މަގުން ގޮސްގެން މަގުމައްޗެއް ނުވާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ ހަމަ އެންމެ ރަށެއްވެސް ބޮޑުތިލަދުންމަތީގައި ނެތްކަމަށެވެ. މީގެ އިތުރުން އެއަރޕޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު