ސިޔާސީ ޕާޓީ އުފައްދަނީ ހަމައެކަނި މުޒާހަރާކުރާކަށް ނޫންކަމަށާއި، ވެރިކަމުގައި ތިބެގެން ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ޕާޓީގެ އެންމެ މުހިއްމު ބޭނުންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ހދ. ކުރިނބީއަށް ވަޑައިގެން އެ ރަށުގައިި ތިބި އެމްޑީޕީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ގިނަ ބަޔަކު ބައިވެރި މިބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހަމައެކަނި ބޭނުމަކީ މަގުމަތީގައި އަޑު އުފުލައި، މުޒާހަރާ ކުރުން ނޫން ކަމަށެވެ. އަދި ޕާޓީން ވެރިކަން ހޯދައި، އެ ވެރިކަން ދަމަހައްޓައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ސިޔާސީ ޕާޓީން ކުރަންޖެހޭ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މަސައްކަތްތައް ލަސްވާކަމަށް ބުނެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދާ ވާހަކަފުޅުތަކަށްވެސް ރައްދު ދެއްވާފައެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ނަރުދަމާއާއި ފެން ގާއިމްކުރުންފަދަ މަސައްކަތްތައް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވޭކަމަށެވެ. އަދި އެކަންކަން އެއަށްވުރެ އަވަހަށް ނިންމާލެވޭނަމަ ކުރީގެ ސަރުކާރުތަކުގައި އެ މަސައްކަތްތައް ނުކުރީ ކީއްވެތޯ ވިދާޅުވެ ރައީސް ސާލިހު ވަނީ ސުވާލު އުފައްދަވާފައެވެ.
"އަޅުގަނޑު ހިތަށް އަރަނީ ކީއްވެތޯއޭ އެކަންތައް ނުކުރީ." ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސާލިހު އުތުރުގެ ރަށްތަކުގައި އުޅުއްވާއިރު މާދަމާ ރައީސް ނަޝީދު ހުވަދު އަތޮޅަށް ވަޑައިގަންނަވާނެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ޕްރައިމަރީގެ އިންތިހާބު އޮންނަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ހދ.ކުރިނބީ އެމްޑީޕީ މެމްބަރުންނާ ރައީސް @ibusolih ބައްދަލުކުރެއްވުން#Ibu2023 #MDPKuriah pic.twitter.com/spxCQIKkAs
— MDP Kuriah (@MDPKuriah) January 18, 2023
ރައީސް ވިދާޅުވީ ރަށްރަށުގައި ނަރުދަމާއާއި ފެން ގާއިމްކުރުންފަދަ މަސައްކަތްތައް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވޭކަމަށެވެ. އަދި އެކަންކަން އެއަށްވުރެ އަވަހަށް ނިންމާލެވޭނަމަ ކުރީގެ ސަރުކާރުތަކުގައި އެ މަސައްކަތްތައް ނުކުރީ ކީއްވެތޯ ވިދާޅުވެ ރައީސް ސާލިހު ވަނީ ސުވާލު އުފައްދަވާފައެވެ.
"އަޅުގަނޑު ހިތަށް އަރަނީ ކީއްވެތޯއޭ އެކަންތައް ނުކުރީ." ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސާލިހު އުތުރުގެ ރަށްތަކުގައި އުޅުއްވާއިރު މާދަމާ ރައީސް ނަޝީދު ހުވަދު އަތޮޅަށް ވަޑައިގަންނަވާނެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ޕްރައިމަރީގެ އިންތިހާބު އޮންނަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު