އިންޑިޔާގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކެއް ފެއްޓެވުމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގެންފިއެވެ.
ޖައިޝަންކަރު ދަތުރުކުރެއްވި ފްލައިޓް ޖައްސާފައިވަނީ ނ.އަތޮޅު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ހާރިޖީ ވަޒީރަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ އިސް އޮފިޝަލުންނާއި، ނ. އަތޮޅު ކައުންސިލް ރައީސް އާއި ނ. މާފަރު ކައުންސިލްގެ މެންބަރުންނެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާނެއެވެ. އަދި އިންޑިޔާގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކެއް ފެއްޓެވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ 4 ވަނަ ދަތުރުފުޅެވެ. އެންމެފަހުން އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައިވަނީ މިދިޔަ މާރޗް މަހު އައްޑޫ ސިޓީއަށެވެ.

A warm welcome for @DrSJaishankar in Noonu Manadhoo. pic.twitter.com/VPFPDWOWBP
— Abdulla Shahid (@abdulla_shahid) January 18, 2023
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާނެއެވެ. އަދި އިންޑިޔާގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކެއް ފެއްޓެވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ 4 ވަނަ ދަތުރުފުޅެވެ. އެންމެފަހުން އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައިވަނީ މިދިޔަ މާރޗް މަހު އައްޑޫ ސިޓީއަށެވެ.
ކިޔުންތެރިންގެ ހިޔާލު