ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ރައީސުލްޖުމްހޫރިއްޔާއަށް ފާޑުކިޔައި، ހަޖޫ ނުޖެހޭނެކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް ސާލިހަށް ވަރަށްބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރަށާއި ސީދާ ރައީސް ޞާލިހަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރަކަށް ރައީސް އައްޔަންކުރަށްވާފައިވާ އަލީ ހާޝިމް (ސްމިތު) އަކީ މިފަދަ މީހުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ.
އަލީ ހާޝިމަށް އިޝާރާތްކުރައްވައި ނިހާދު ވިދާޅުވީ އެ މީހަކު ތާއީދުކުރާނެ މީހަކަށް ތާއީދުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ރައީސުލްޖުމްހުރިއްޔާ އައްޔަންކޮށްފައި ތިބޭ ސިޔާސީ ބޭފުޅުން ރައީސްގެ ސިޔާސަތަށް ފާޑު ކިޔައި، ހަޖޫ ޖެހުމަކީ ރައްޔިތުންގެ ފައިސާއަށް ހަރާން ކޯރުވުންކަމަށެވެ.
"އެމީހަކު ތާއީދުކުރާނެ މީހަކަށް ކުރުން އޯކޭ. އެކަމަކު ރައީސުލްޖުމްހުރިއްޔާ އައްޔަންކޮށްފައިވާ މަގާމެއްގައި ހުރެފައި، ރައީސުލްޖުމްހުރިއްޔާގެ ސިޔާސަތަށް ހަޖޫ ޖަހައި ބެވުމާއި ވަގަށް ގޮވުމާއި، ޑިއުޓީއަށް ނުނިކުމެ ގޭގައި އޮވެގެން މުސާރަ ނެގުން ވާނީ ރައްޔިތުންގެ ފައިސާއަށް ހަރާންކޯރުވުމަށް. އެ ފައިސާ ކާންވެސް ހެޔޮނުވާނެ." ނިހާދު ވިދާޅުވިއެވެ.
ނިހާދުވވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ތިބޭ ސިޔާސީ މުވައްޒަފުން ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލުވެސް ހިއްސާކުރަށްވާފައެވެ. އެ އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ތިބޭ ސިޔާސީ ބޭފުޅުން ގެންގުޅުއްވަންޖެހޭ ވަކި ހަމަތަކަކަކާއި ސިފަތަކެއް އޮވެއެވެ. އެ އުސޫލުގެ ދަށުން އެފަދަ ފަރާތްތަކަށް ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑު ކިޔައެއް ނުހެދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު