މި ސަރުކާރުން ފަށާފައި ހުރި 90 އިންސައްތައަށްވުރެ ގިނަ މަޝްރޫއު މި އަހަރު ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިޙު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އުތުރުގެ ބައެއް ރަށްރަށަށް އެ މަނިކުފާނު މިހާރު ކުރަށްވާ ދަތުރުފުޅުގައި ހދ. ކުރިނބީއަށް ވަޑައިގެން އެޕާޓީގެ މެމްބަރުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުން ފަށާފައި ހުރި 90 އިންސައްތައަށްވުރެ ގިނަ މަޝްރޫއު މި އަހަރު ނިމޭނެ ކަމަށެވެ. އެގޮތުން އެ މަޝްރޫއުތައް ނިމި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ހިދުމަތް ދެވޭ މަންޒަރު ފެންނާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ނިމި ހިދުމަތް ލިބޭ ވަރު ވާތަން އެބަ ފެނޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހަމައެކަނި ބޭނުމަކީ އިހުތިޖާޖުކޮށް މުޒާހަރާ ކުރުން ނޫން ކަމަށެވެ. އަދި ވެރިކަމަށް އައިސް ވެރިކަމުގައި ތިބުމަކީ އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ވެސް ރައީސް ސާލިޙު ވިދާޅުވި އެވެ. ރައީސް ސާލިޙު ވިދާޅުވީ ވައިކަރަދޫ ދާއިރާއަށް މި ސަރުކާރުން 174 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން ހަމައެކަނި ކުރިނބިއަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ސިޔާސަތަކީ ވަކި ފަރުދަކު ބާކީނުކޮށް، އަސާސީ ހިދުމަތްތައް އެ މީހަކު ހުރި ތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި އެމަނިކުފާނު ތަންފީޒު ކުރަމުން ގެންދަނީ އެ ސިޔާސަތު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ކުދި ރަށްތައް ބާކީނުކޮށް، ބޮޑެތި ރަށްތައްވެސް ތަރައްގީ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތެއް މި އަހަރު ނިމެންވާއިރަށް ގާއިމްކުރާނެ ކަމަށެވެ. އެ މަސައްކަތަކީ ކުރީގެ ސަރުކާރު ތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ތިމާއަށް ސާފް ބޯފެން ނުލިބި، ގައިން ތާހިރު ވެލާނެ ގޮތެއް ނުލިބި ކޮން ތަރައްގީގެ ވާހަކައެއްތޯ ދައްކާނީ؟" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު