މިމަހުގެ 11 ވަނަ ދުވަހު ބަނގުރާ ފުޅިތަކެއް ފެނުނު ވެހިކަލް ދުއްވަން އިން ޑްރައިވަރު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލައިފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ބިދޭސީ ޑްރައިވަރެކެވެ. ނަމަވެސް އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އޭރު ބުނީ ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނަކާ މެދު ޝައްކު ކުރެވިގެން ބެލިއިރު ބަނގުރާ ފުޅިތަކަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށެވެ.

އާރުސީސީން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު މައްސަލައިގައި އިހުމާލުވާ ޑްރައިވަރު މިއަދު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލެވިފައިވާކަމަށެވެ.

އާރުސީސީއަކީ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ގެ މަސްލަހަތު އޮންނަ ކުންފުންޏަކަށްވާތީ، ބަނގުރާ ފެނުނު މައްސަލައިގައި އޭނާއަށް ވަނީ ފާޑުކިޔުންވެސް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު