ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ހިދުމަތް ދިނުމަށް ބޭނުންވާ ބަގީތައް ރާއްޖެ ގެންނަން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ، ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ހިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މި ހިނގާ ޖެނުއަރީ މަހު ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމަށާއި އެ ބަގީތައް ގެނެވުމާއިއެކު ފެބްރުއަރީ މަހުގެ ކުރީކޮޅު ވިލިމާލޭގައި އެ ހިދުމަތް ފެށިގެން ދާނެކަމަށެވެ.
އެ ކައުންސިލުން ބުނީ، މި ބަގީތަކުގެ ތެރޭގައި މުދާ، ލަގެޖު އަދި ފޮށިގަނޑު ފަދަ ތަކެތި ލެވޭ ބަގީ އާއި، ކުއްލި ހާލަތްތަކުގައި ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ބަގީވެސް ހިމެނޭނެ ކަމަށެވެ.
މިއީ އެ ކައުންސިލުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިންމި ނިންމުމެއްގެ ދަށުން ގެންނަން ނިންމި ބަގީތަކެކެވެ.
ވިލިމާލެއަކީ އިންޖީނުލީ އެއްގަމު އުޅަނދު ގެންގުޅުން މަނާ އަވަށެއްކަމަށް ވެފައި ދުއްވާ އުޅަނދު މަދު އަވަށަކަށްވާތީ އެއްގަމު ދަތުރުފަތުރު ކުރުމުގައި ތަކުލީފު އުފުލަން ޖެހޭތީ ވިނަބަޔަކު އަންނަނީ އެކަމުގެ ޝަކުވާ އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު