މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި އެކި ފަރާތްތަކަށް މެސެޖްތަކެއް ކުރަމުންދާތީ ސަމާލުވުމަށް އޭނާ އެދިވަޑައިގެންފި އެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ ފޯނު ނަމްބަރު ބޭނުންކޮށްގެން އެސްއެމްއެސް އަދި ވައިބަރ މެސެޖްތައް އެކި ފަރާތްތަކަށް ފޮނުވަމުންދާ ކަމަށެވެ.

މުއިއްޒުގެ ނަމުގައި މީގެ ކުރިން ވެސް ފޭކް މެސެޖްތަކެއް ވަނީ ދައުރުވެފައެވެ. އެކަމާ ގުޅިގެން ވެސް އާންމުން ސަމާލުވާން މުއިއްޒު އެދިވަޑަައިގެންފައިވެއެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ އަނެއްކާވެސް އާދިއްތަ ދުވަހު މިފަދަ މެސެޖްތަކެއް ދައުރުވަމުންދިޔަ ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަމާލު ވުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ފަރާތެއްނަމަ އޭނާގެ އަރިހުން ލަސްނުކޮށް އެކަމުގެ ހަގީގަތް އެއްސެވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު