ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ބޭނުންވެގެން އިއުލާނު ކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން މިއަދު ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި މަހަކު 36،000 ރުފިޔާ ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއިއެކު ޖުމުލަ 54،300 ރުފިޔާ މަހު މުސާރައިގެ ގޮތުގައި ލިބޭނެކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސްގެ އިތުރުން ފޯނު އެލަވަންސް ލިބޭއިރު އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މަގާމަށް އެދި ހުށަހަޅަންޖެހެއެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުލުކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު