ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އާދަޔާއި ހިލާފު ވެރިއެއްކަމަށް މި ސަރުކާރުގެ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙުގެ ޕާރައިމަރީ ކެމްޕޭންގައި ރާއްޖޭގެ ރަށަކަށް ވަޑައިގެން އެރަށުގައި ދެއްވި އިންޓަވިއުއެއްގައި ނަސީމް ވިދާޅުވީ، ރައީސް ޞާލިޙަކީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ބޭނުންފުޅުވާ ވެރިއެއް ކަމަށާއި އެކަން ރާއްޖޭގެ ރަށްރަށަށުގައި ހިނގާ މަޝްރޫއުތަކަށް ބަލާލުމުން އެނގިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ސަރުކާރުގައި އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. މިކަހަލަ އޯގާތެރި އިންކްލޫސިވްކޮށް އެންމެން އެކީ ކުރިއަރުވަން ބޭނުންފުޅުވާ ވެރިއެއް އަޅުގަނޑަކަށް ދިމައެއް ނުވޭ. މިއީ ހަމަ އާދަޔާއި ހިލާފަށް ކަންތައްތައް ގެންދަވާ ބޭފުޅެއް." ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ރައީސް ޞާލިޙް ރަށްރަށުގައި ކުރިއަށް ގެންދަވާ މަސައްކަތްތައް އެހާ ރަނގަޅަށް ކުރިއަށްދަނީ ދުރާލާ ރާވައިގެން ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދަވާތީ ކަމަށެވެ. އަދި ކުއްލިއަކަށް ހުންނަވާފައި "މިއޭ ތިމަންނާގެ ޑިސިޝަނަކީ،" ރައީސް ވިދާޅުނުވާނެ ކަމަށާއި ކަންކަން ނިންމަވާނީ ކެތްތެރިކަމާއިއެކު އަޑުއެއްސެވުމަށްފަހުގައި ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު