ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރާއި މި ސަރުކާރާއި އަޅާ ބަލާއިރު 10 ގުނަ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން ދާއިރާއަށް ކޮށްދީފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ މި ސަރުކާރުގެ ނިމުނު ކަންކަމުގެ ލިސްޓް މާ ދިގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާއި ގުޅިގެންނެެވެ. މި ސަރުކާރުގެ ޝިއާރަކީ ތަރައްގީ "އަންނަނީ، އަންނަނީ" ކަމަށް ވިދާޅުވެ ކެމްޕޭން ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވުމާއި ގުޅިގެން ރައީސް ސޯލިހް ވިދާޅުވެފައިވަނީ އައްޑޫއަށް އެކަނި ނަޒަރު ހިންގާލުމުން ވެސް ކަންކަން ނިމިފައިވާ މަންޒަރު ފެންނަން އެބަހުރި ކަމަށެެވެ.
މީދޫ ދާއިރާގެ، ހުޅުމީދޫއަށް ބެލިނަމަވެސް ވިދާޅުވާން އޮތް އެއްޗަކީ ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެއޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސްގެ މިވާހަކަފުޅާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮވިޑާއި އެކު ގެެއްލިގެންދިޔަ ދެ އަހަރު ކެނޑުމަަށްފަހު ރައީސް ސާލިޙަށް މަސައްކަތް ކުރަން ފުރިހަމައަށް ލިބިވަޑައިގަތީ އެންމެ ތިން އަހަރު ކަމަށެވެ.
"ހުޅުމީދޫ އާއި މަރަދޫ ފޭދޫ އަށް ކޮށްދިން ކަންތައްތަކަށް އެކަނި ބަލާލި ނަމަވެސް ރައީސް ނަޝީދުގެ ތިން އަހަރަށްވުރެ 10 ގުނަ އިތުރު، ދެން ކިހިނެއް ރައީސް ނަޝީދު ޗޮއިސް އަކަށްވާނީ. ސޮރީ! ހަމަ އިބޫ 2023 އޭ ބުނެވޭނީ،" ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާގެ ދާއިރާއަށް ސަރުކާރުން ކޮށްދީފައިވާ ބައެއް ކަންކަން ފާހަގަކުރަށްވައި އެކަންކަމުގެ ތަފްސީލް ރޮޒައިނާ ވަނީ ހިއްސާކުރަށްވާފައެވެ. އެގޮތުން ރޮޒައިނާ ވިދާޅުވީ މީދޫ އާއި މަރަދޫފޭދޫ ބަނދަރު ނިމިފައިވާ ކަމަށެވެ. އަދި މީދޫގެ ސްވިމިންގ ޓްރެކް މަސައްކަތް ނިމި މީދޫ އާއި މަރަދޫ ފޭދޫގެ ބޮޑުމަގު ހަދާ ނިމިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އިތުރަށް ރޮޒައިނާ ވިދާޅުވީ އެ ދާއިރާގެ ރަށްރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި ހުޅުމީދޫ ހެލްތު ސެންޓަރުގައި ޑައިލިސިސް އާއި ދަތުގެ ފަރުވާ ލޮލުގެ ފަރުވާ، ފިޒެޔޮ ހެދުމާއި، ހުޅުމީދޫ ރިހެބާއި އިރުޝާދިއްޔާ 12 ކްލާސް ރޫމްގެ މަސައްކަތް ނިިމިފައިވާއިރު މީދޫ ޓޫރިޒަމް ޒޯނާއި ހުޅުމީދޫ ބަނދަރާއި މީދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށް މަރަދޫ އައުޓް ޑޯ ޖިމްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ހުރިހާ ކަމެއް ނިންމީ ރައީސް ސޯލިހް، ދެން ކީއްކުރާ އެހެން މީހެއް،" އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސާ ރޮޒައިނާ ވިދާޅުވިއެވެ.

Meedhoo aa Maradhoofeydhoo ge bandharu nimijje!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) January 15, 2023
Meedhoo aa MF futsal dhandu nimijje
Meedhoo swimming track nimijje!
Meedhoo/MF bodu magu hadhaa nimijje!
Fenaa narudhama nimijje!
Hulhumeedhoo health center dialysis, dhathuge faruva, loluge faruva, physio hedhey goive nimijje! https://t.co/wkeNVCJ1Q3
"ހުޅުމީދޫ އާއި މަރަދޫ ފޭދޫ އަށް ކޮށްދިން ކަންތައްތަކަށް އެކަނި ބަލާލި ނަމަވެސް ރައީސް ނަޝީދުގެ ތިން އަހަރަށްވުރެ 10 ގުނަ އިތުރު، ދެން ކިހިނެއް ރައީސް ނަޝީދު ޗޮއިސް އަކަށްވާނީ. ސޮރީ! ހަމަ އިބޫ 2023 އޭ ބުނެވޭނީ،" ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާގެ ދާއިރާއަށް ސަރުކާރުން ކޮށްދީފައިވާ ބައެއް ކަންކަން ފާހަގަކުރަށްވައި އެކަންކަމުގެ ތަފްސީލް ރޮޒައިނާ ވަނީ ހިއްސާކުރަށްވާފައެވެ. އެގޮތުން ރޮޒައިނާ ވިދާޅުވީ މީދޫ އާއި މަރަދޫފޭދޫ ބަނދަރު ނިމިފައިވާ ކަމަށެވެ. އަދި މީދޫގެ ސްވިމިންގ ޓްރެކް މަސައްކަތް ނިމި މީދޫ އާއި މަރަދޫ ފޭދޫގެ ބޮޑުމަގު ހަދާ ނިމިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އިތުރަށް ރޮޒައިނާ ވިދާޅުވީ އެ ދާއިރާގެ ރަށްރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި ހުޅުމީދޫ ހެލްތު ސެންޓަރުގައި ޑައިލިސިސް އާއި ދަތުގެ ފަރުވާ ލޮލުގެ ފަރުވާ، ފިޒެޔޮ ހެދުމާއި، ހުޅުމީދޫ ރިހެބާއި އިރުޝާދިއްޔާ 12 ކްލާސް ރޫމްގެ މަސައްކަތް ނިިމިފައިވާއިރު މީދޫ ޓޫރިޒަމް ޒޯނާއި ހުޅުމީދޫ ބަނދަރާއި މީދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށް މަރަދޫ އައުޓް ޑޯ ޖިމްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ހުރިހާ ކަމެއް ނިންމީ ރައީސް ސޯލިހް، ދެން ކީއްކުރާ އެހެން މީހެއް،" އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސާ ރޮޒައިނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު