ވެރިޔަކަށް ހުންނަ މީހަކަށް ކޮންމެހެން ފަރަންޖީ ބަސް ފަރިތަކޮށް އެނގެން ނުޖެހޭކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިއަދު ވިދާޅުވީ، ވެރިކަމަކީ އިނގިރޭސި ބަހަށް އެންމެ ފުލުއެންޓީ ކާކުތޯ ބަލާ މުބާރާތެއް ނޫން ކަމަށާއި ވެރިކަން ކުރާކަށް ފަރަންޖީ ބަސްބަސް ފަރިތަކޮށް ކޮންމެހެން އެނގެން ނުޖެހޭ ކަމަށެވެ.

ނަމަވެސް، އެފަދަ ބަސްތައް އެނގެންޖެހޭ ފަދަ ޓެކްނިކަލް މަގާމުތަކެއް ހުންނަ ކަމަށާއި އެފަދަ މަގާމަކަށް ލާންވާނީ އެބޭނުންވާ ބަސް ދަންނަ މީހަކު ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.



ޒައިދު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޕްރައިމަރީގެ ވާދަވެރިކަމުގައި އެ ޕާޓީގެ ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަނުން ރައީސް ޞާލިޙްގެ ތައުލީމީ ގާބިލުކަމާއިމެދު ސުވާލު އުފައްދާ މަލާމާތުގެ އެކި ވީޑިއޯތައް ދައުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހާއްސަކޮށް ރައީސް ޞާލިޙަށް އިނގިރޭސި ބަސް އެނގިވަޑައިނުގަންނަވާކަމަށް އެ ފެކްޝަންގެ މެންބަރުން ދަނީ ބުނަމުންނެވެ. އެގޮތުން ރައީސް ޞާލިޙް އެކި ހަފްލާތަކުގައި ބައެއް އިނގިރޭސި ބަސް ބޭނުން ކުރެއްވިއިރު އޮޅުންއެރި ފަހަރުތަކުގެ ވީޑިއޯތައް އެމީހުން ގެންދަނީ ދައުރުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


0

ބަނާނާ

20-Feb-2023

ޒަމާން ބުނަނީ ފަރަންޖީ ބަސްވެސް ފަރިތަ ވާން ޖެހޭނެ ކަމަށް.



ޓްރެންޑިން