އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ވެސް އެ މަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ޕީޕީއެމާއި ރައީސް ޔާމީނާމެދު އެއްވެސް ރުޅިވެރިކަމެއް އެ މަނިކުފާނުގެ ނެތް ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް އެމަނިކުފާނު ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ވެސް އެ މަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވަނީ އެމަނިކުފާނާއި ބައްދަލު ކުރަށްވައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަަށް ޕީޕިއެމް މެމްބަރުން ނިކުންނާތީ އެ މެމްބަރުންނަށް ޝުކުރު އަދާކުރަށްވާފައެެވެ.

"ވަރަށް ގިނަ ރަށްރަށުން ޕީޕިއެމް މެމްބަރުންނާއި އަޅުގަނޑާއި ދިމާވޭ، އަދި އެމީހުން ހިނިތުންވުމާއި އެކީގައި އަޅުގަނޑާއި ވާހަކަ ދައްކާވެސް ހަދާ، އަދި އޭގެ ގިނަ ގޭގެއިން ސައިތައްޓެއް ވެސް ދީވެސް ހަދާ،އަޅުގަނޑަށް ފެންނަ ތަނުގައި ފުށުއަރާ މިއޮންނަނީ އެންމެ މައްސަލައެއް، އެމައްސަލަ އަޅުގަނޑު އުއްމީދުކުރަން ޕީޕިއެމް އިން ހައްލެއް ގެންނަވާނެ ކަމަށް،" ރައީސް ޔާމިން އާއި ޕީޕިއެމްގެ "އިންޑިއާ އައުޓް" ކެމްޕޭނާއި ދެކޮޅު ކަން ހާމަކުރަށްވައި ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ވެސް އެ މަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށް އެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުގެ އިސް ލީޑަރުން ރާވައިގެން، ރައީސް ނަޝީދުގެ ކެމްޕެއިން އިވެންޓުތަކަށް އެ ޕާޓީގެ މެމްބަރުން ފޮނުވަމުންދާކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ދާދިފަހުން ވަނީ ތުހުމަތުކުރަށްވާފައެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރާވައިގެން ކަންކަން ކުރަމުންދަނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުކޮށްލުމުގެ މަގުސަދުގައިކަމަށެވެ. އެމްޑީޕީގެ މެމްބަރުން އެކަމަށް ސަމާލުވާންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވަނީ އެޕާޓީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެެ. ޕްރައިމަރީގެ ކެމްޕޭނަށް ދެ ބޭފުޅުން ވެސް ގެންދަވަނީ ތާއިދު ހޯއްދެވުމަށް ޖަލްސާތަކާއި ކެމްޕޭން އިވެންޓްތައް ބާއްވަމުން ގެންދަވާއިރު ކެމްޕޭން ފޯރި ވަނީ ވަރަށް ގަދަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން