ރ. ކިނޮޅަހުން ގެއްލިގެން ހޯދަމުން ދިޔަ މީހަކު ކަނޑުމަތީގައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެމީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ރ. މީދޫއާއި އެރަށް ކައިރީ އޮންނަ ހެރިޓެންސް އާރަށް ރިސޯޓާއި ދެމެދު ކަނޑުމަތީގައި އޮއްވާކަމަށެވެ. އަދި އޭނާ އޮތީ އެއްވެސް އެއްޗެއްގެ އެހީގައި ނޫންކަމަށާއި އެހެން ދަތުރުކުރި ޑިންގީއަކަށް އޭނާ ފެނުމުން ނަގައިގެން ރ. މީދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ހާލު މާ ސީރިއަސް ނޫންކަމަށާއި އޭނާއަށް ވާހަކަ ދައްކާ ހެދޭކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެކެވެ. އެމީހާ އޮތް ހިސާބުން ޑިންގީ ދަތުރު ކޮށްފައި ދަނިކޮށް އޭނާގެ ގައިގައި ޑިންގީން ނުޖެހި ސަލާމަތްވީ ވެސް ކިރިއާ ކަމަށް ޑިންގީން ދަތުރުކުރި މީހަކާއި ހަވާލާދީ މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން