އިލެކްޝަން ކޮމިޝަންގައި އިންޑިޔާގެ ކޮންސަލްޓެންޓެއް ނުހުންނާނެ ކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އިންޑިޔާގެ ކޮންސަލްޓެންޓެއް އަދި އެހެން ގައުމެއްގެ ކޮންސަލްޓެންޓެއް ވެސް އެކޮމިޝަންގައި ނުހުންނާނެ ކަމަށެވެ. އަދި އެކޮމިޝަނަށް ބޭރުގެ އެއްވެސް ގައުމެއްގެ ކޮންސަލްޓެންޓެއް ނެގުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އީސީ އަށް ކޮންސަލްޓެންޓެއް ނަގާނަމަ ނަގާނީ ތަޖުރިބާ ހުރި ނަޒާހަތްތެރި ދިވެހިންކަަމަށް ފުއާދު ވިދާޅުވިއެވެ.

"1، 2 ކޮންސަލްޓެންޓުން މަސައްކަތާއި ގުޅޭގޮތުން ހޯދަންޖެހިދާނެ. އެކަމަކު އެ ފުރުސަތެެއް ނުލިބޭނެ ބިދޭސީންނަކަށް. ދިވެހިންނަށް އެ ފުރުސަތު ލިބޭނީ. އަދިވެސް އެހެން ނަމަވެސް ދިވެއްސެއް ވެސް ކޮންސަލްޓެންޓެއްގެ ގޮތުގައެއް ނެތް." ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ އެއްވެސް މަގާމަކަށް ބިދޭސީއަކު އައްޔަންކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އަދި އެކޮމިޝަންގެ ހުރިހާ މަގާމެއް ވެސް އަދާކުރާނީ 100 ޕަސެންޓް ދިވެހި މުވައްޒަފުން ކަމަށް ފުއާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން