ހިޔާ ފުލެޓް ސަރަހައްދުގައި އާންމު ބަލިތަކަށް ފަރުވާދޭނެ ކްލިނިކެއް ހުޅުވައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާ ސަރަހައްދުގައި އާންމު ބަލިތަކަށް ފަރުވާދޭނެ ކްލިނިކެއް ހުޅުވައި، ޙިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. ހުޅުމާލޭގައި ހުޅުވި މި ކްލިނިކަކީ ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގާ ކްލިނިކެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މި ކްލިނިކުން ހުކުރު ދުވަހާއި ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށް ހިދުމަތް ލިބޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެ ކްލިނިކް ޤާއިމްކޮށްފައިވަނީ ހިޔާ ފުލެޓްގެ 16 ވަނަ ޓަވަރުގައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގާ މި ކްލިނިކްގެ ސަބަބުން ހިޔާ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް އެއްވަނަ ފިޔަވަހީގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލަށް ނުގޮސް ގާތުން ފަރުވާ ލިބޭނެކަމަށެވެ. މި ކްލިނިކް ޤާއިމްކޮށްފައިވަނީ ލެބޯޓަރީ ޙިދުމަތާއި، ޕަބްލިކް ހެލްތު ޔުނިޓުގެ ޙިދުމަތުގެ އިތުރުން، އެސްޓީއޯ ފާމަސީއާއި އެކުގައިކަން ފާހަގަކުރެވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލާއެކު ޤާއިމް ކުރެވުނު މި ކްލިނިކްގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލަށް އާންމު ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ލޯޑު ކުޑަވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން