ދާއިމީ ބަލިތަކަށް ބޭސްނަގަން ލުއިގޮތެއް އައިޖީއެމްއެޗުން ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗުން ބުނީ މިހާރު ބޭސް ސިޓީ އައުކުރުމަށް ދިމާވެފައިވާ ދަތިތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ހާއްސަ ޑްރޮޕް ބޮކްސެއް ހޮސްޕިޓަލްގެ އިންފޮމޭޝަން ކައުންޓަރުގައި މިހާރު ބަހައްޓާފައި ހުންނާނެކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އައިޖީއެމްއެޗުން ބުނީ ޑޮކްޓަރަށް ނުދައްކައި ބޭސް ސިޓީ އާކުރަން ބޭނުންވާ ފަރާތްތަކުން މި ފޮއްޓަށް ކުރީގެ ބޭސް ސިޓީ ލުމުން އެއް ދުވަސް ތެރޭ ބޭސް ސިޓީ އާކޮށްދޭނެ ކަމަށެވެ.

މި ހިދުމަތް ލިބޭނީ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 03:00 އަށެވެ. އަދި އާކުރެވޭ ބޭސް ސިޓީ ދޫކުރާނީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 02:00 އަށެވެ.



އެކި ބަލިތަކަށް ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރަމުން އަންނަ މީހުންގެ ބޭސް ސިޓީ މިހާތަނަށް އައު ކުރަމުން އަންނަނީ އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދެއްކުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން