އަހުމަދު މަސްނޫމް   14 ޖެނުއަރީ 2023 - 19:22
މިމަހުގެ 12 ވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދަން އިއުލާންކުރި ޒުވާނާއާ އޭނާގެ އާއިލާއާއި ގުޅިއްޖެކަމަށް ފުލުހުން ބުނެފިއެވެ.

ދ. މާއެނބޫދޫ / ފަރިމާވިލާ، އުމުރުން 34 އަހަރުގެ ޙަސަން ރަމީޒުގެ ހަބަރެއްގެ ނުވެގެން ފުލުހުން އޭނާ ހޯދަން އިއުލާންކުރީ ބުރާސްފަތި ދުވަހުއެވެ.

ފުލުހުން ބުނިގޮތުގައި މިމަހު 6 ވަނަ ދުވަހުން ފެށިގެން ޙަސަން ރަމީޒްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިމަހު 10 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން މިއަދު ބުނީ މި ޒުވާނާ ގެއްލިގެން އާއްމުކޮށް އިއުލާންކުރި ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެއިން އޭނާ ފެނިފައިވާކަމަށެވެ. އަދި އޭނާގެ އާއިލާއާ އޭނާ ގުޅިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން