ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނީ އެޕާޓީގެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކާމިޔާބުކޮށްގެން ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ފޭދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނީ ރައީސް ސާލިޙާއެކު ކަމަށެވެ. އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރަންޖެހޭނީ ޕާޓީއަށް ވެރިކަން ހޯދަައިދިނުމަށް ކަމަށްވާއިރު އެޕާޓީއަށް ވެރިކަން ހޯދައިދެވޭނެ ސިޔާސަތެއް އޮތް ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ސާލިޙު ކަމަށް ނިޒާރު ވިދާޅުވިއެވެ. އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނީ އެ ޕާޓީ ވެރިކަމަށް އައުމުން ކަމަށާއި އެހެންވެ އެކަން ކުރުމަށް މެމްބަރުން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ދެބޭފުޅުންނަށް ވިސްނާ ބަލާލާއިރު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތާއިދު ހޯދުމަށް ސެޕްޓެންބަރު މަހު އޮންނަ އިންތިޚާބަށް ދައްކަން ބަލާއިރު އެންމެންގެ ތާއިދާއެކު މި ޕާޓީއަށް ވެރިކަމަށް ގެނެވެން އޮތީ އިބްރާހިމް މުހައްމަދު ސާލިޙަށް ވޯޓްދީގެން ކަމާމެދު ޝައްކު ކުރާނެ ރައްޔިތެއް ހަމަގައިމު ވެސް ނެތް،" ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި އައްޑޫސިޓީގެ ތަރައްގީއަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަަމަށެވެ. އެ ސިޓީ ތަރައްގީ ކުރުމުގެ ވިސްނުން ހުރި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ޕާޓީގެ މެމްބަރުން ނިންމާ ނިންމުމާއެކު އިދިކޮޅު ޕާޓީ ވެރިކަމަށް ގެނައުމަށް މަގުފަހިކޮށް ކޮށްދެވޭ ކަަމަށެވެ.

މީގެ އިތުރުން އައްޑޫގެ މުސްތަގުބަލު ރަނގަޅު ވާނީ އައްޑޫގެ މީހުންގެ ސިޔާސަތާއެކު ކަންކަން ކޮށްދޭނެ ވެރިކަމެއް ގެނެސްގެން ކަމަށް ނިޒާރު ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އައްޑޫގެ މީހުން ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ނިންމާ ނިންމުމަކީ އައްޑޫގެ ތަރައްގީއަށް ނިންމާ ނިންމުމަކަށް ވާންޖެހޭ ކަމަށާއި އެބާރު އޮތީ ޕާޓީގެ މެމްބަރުންގެ އަތުގައި ކަމަށް ނިޒާރު ވިދާޅުވިއެވެެ.

"މިހާރު މި ހަރަދު ކުރެވިގެން ކުރެވޭ މަސައްކަތުގެ ހެޔޮ ރަހަ އަޅުގަނޑުމެންނަށް ލިބިގެން ދާނީ އަޅުގަނޑުމެންގެ ވެރިކަމެއް ދެވަނަ ދައުރަކަށް ގެންދެވިގެން. އެކަން ކުރެވެން އޮތީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނެވިގެން." މޭޔަރު ނިޒާރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން