އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެކެވެ. ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން މި ދަތުރުފުޅުގެ މައުލޫމާތު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ލަންކާގެ ބައެއް ނޫސްތައް ބުނާގޮތުން ޖައިޝަންކަރު އެ ގައުމަށް ވަޑައިގަންނަވާނީ 2 ދުވަހުގެ ދަތުރުފުޅެއްގައި މިމަހުގެ 19 ވަނަ ދުވަހުއެވެ. އެހެންކަމުން އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ އޭގެކުރިންކަމަށް ބެލެވެއެވެ.
އިންޑިޔާ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ މީގެކުރިންވެސް ރާއްޖެ ވަޑައިގެންފައެވެ. އެންމެފަހުން އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިދިޔަ މާޗުމަހުއެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ލަންކާއަށްވެސް ވަޑައިގެންފައެވެ.
އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. އެގޮތުން އިންޑިޔާގެ އެހީގައި މިހާރުވެސް ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު