މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަ ކުރިއަ ނުދޭން އުޅުއްވީ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ މަޖިލީހުހެ 87 ގޮނޑިއަށް ކެނޑިޑޭޓުން ނެރެން ނިންމީ އެމަނިކުފާނު އެގޮތަށް ބޭނުންވެގެން ކަމަށާއި ރައީސް ޞާލިހު ބޭނުންފުޅުވީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ހުރިހާ ޕާޓީތަކަށް ގޮނޑިތައް ބަހާލައިގެން ކެނޑިޑޭޓުން ނެރެން ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެެ.

އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރިޔަ ނުދޭން އުޅުއްވީ ނަޝީދު ކަމަށެވެ. އެކަމުގެ ހެކި ކަމަށް ވިދާޅުވެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުން ތަންކޮޅެއް ރޮޒައިނާ ވަނީ އާންމުކުރަށްވާފައެވެ.



އެ ވީޑީއޯގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެންމެ ގިނަ ގޮނޑި ލިބޭނީ ހުރިހާ ގޮނޑިއަކަށް ވާދަކޮށްގެން ކަމަށް ނުދެކޭ ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންގެ ވިސްނުމާއި އެއްގޮތަށް ތާއީދު ކުރައްވަނީ ހުރިހާ ގޮނޑިއަކަށް މެމްބަރުން ނެރެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަން ވެސް ކުރަށްވާ ރޮޒައިނާ ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރެވުނީ އެޕާޓީގެ ގައުމީ މަޖިލީހުން އެކަަމަށް ހިފާލުމުން ކަމަށެެވެ.

"މިޒަމާނުގަ މިކަހަލަ ބޮޑު ދޮގު ހަދާފައެހާ ފަސޭހައިން ސަލާމަތެއް ނުވެވޭނެ. ހުރިހާ ގޮނޑިއަކަށް ވާދަ ކުރެވުނީ އެމްޑީޕީ ގައުމީ މަޖިލީހުން އެކަމަށް ހިފާލީމަ." ރޮޒައިނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު