އިދިކޮޅު ކޯލިޝަނުގެ އިސް ލީޑަރުން ރާވައިގެން، މުހައްމަދު ނަޝީދުގެ ކެމްޕެއިން އިވެންޓުތަކަށް އެ ޕާޓީގެ މެމްބަރުން ފޮނުވަމުންދާކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތުކުރަށްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރާވައިގެން ކަންކަން ކުރަމުންދަނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުކޮށްލުމުގެ މަގުސަދުގައިކަމަށެވެ. އެމްޑީޕީގެ މެމްބަރުން އެކަމަށް ސަމާލުވާންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ، އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ ތަފާތު ފިކުރުގެ ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހަދަން ޖެހުމުން އެކަން ކުރެއްވޭނެ ބޭފުޅަކަށް ޕްރައިމަރީ ކާމިޔާބު ކުރެވިގެންކަމަށެވެ. އެހެން ނޫންނަމަ އަނެއްކާވެސް އެމްޑީޕީއިން ކުރިއަށް އޮތް ފަސް އަހަރު ހޭދަކުރަންޖެހޭނީ މަގުމަތީގައިކަަމަށް ޝަރީފް ވިދާޅުވިއެވެ.

މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވަނީ އެޕާޓީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެެ. ޕްރައިމަރީގެ ކެމްޕޭނަށް ދެ ބޭފުޅުން ވެސް ގެންދަވަނީ ތާއިދު ހޯއްދެވުމަށް ޖަލްސާތަކާއި ކެމްޕޭން އިވެންޓްތައް ބާއްވަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު