މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު 91.53 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލަންޑް ރެވެިއުނު އޮތޯރިޓީ، މީރާއަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި 91.53 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެކުރީ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 91.51 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 91.4 މިލިއަން އަކީ ދިވެހި ރުފިޔާއެވެ. އަދި 8315 ޑޮލަރު ލިބިފައިވެއެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5777.45ރ ކަމަށް ކަނޑައަޅާފައިވާއިރު، މީގެ ކުރީން މިދިޔަ އަހަރު ޖޫންމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 6396.25ރ. އެވެ.

ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ %2.5 މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން