އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ޒާތީ ގޮތުން އެއްވެސް ބޭފުޅަކު ދިމާ ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރަައީސް ނަޝީދު އެކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ ސޯޝަލް މީޑިއާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެކަމަށް އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް އެބަ އޮތް ކަމަށް ވިދާޅުވެ މިނިސްޓަރު ފައްޔާޒް އިސްމާއީލާ ޒާތީ ގޮތުން އެއްވެސް ބޭފުޅަކު ދިމާ ނުކުރެއްވުމަށް ނަޝީދު ފޮނުއްވި މެސެޖްގަަައި ވަނީ އެދިވަޑައިގެންފައެވެ.



"އަޅުގަނޑު އެދެނީ އެއްވެސް ބޭފުޅަކު މިނިސްޓަރު ފަޔާ [ފައްޔާޒް އިސްމާއީލް] އަދި ފަޔާގެ ފެމެލީއާ ޒާތީކޮށް ދިމާ ނުކުރެއްވުން،" ނަޝީދުގެ މެސެޖްގައި ލިޔުއްވާފައިވެއެވެ.

ނަޝީދުގެ އެ މެސެޖް ފެންނާނެހެން އެ ގުރޫޕްގެ ސްކްރީންޝޮޓެެއް ހިމަނުއްވާ ފައްޔާޒް ވަނީ އާއިލާ އާއި ދިމާކުރާ ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ. އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މީޑިއާގައި ވެސް އެހެން ގޮތަކުންވެސް އޭނާއާ ދިމާ ކުރެވިދާނެ ކަމަށެވެ. އަދި ސިޔާސީ ހިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން އެހެން ނުކުރުމަށް ކެމްޕޭން ޓީމަށް އިލްތިމާސް ކުރެއްވީތީ ރައީސް މުހައްމަދު ނަޝީދަށް ޝުކުރު ދަންނަވަން،" ފައްޔާޒް ވިދާޅުވިއެވެ.

ނަޝީދު މީގެ ކުރީން ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރަށްވާފައެވެ. ފައްޔާޒު މަގާމުން ވަކިކުރުމަށް ވެސް ނަޝީދު މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ރައީސް ސޯލިހް ފައްޔާޒުގެ ދިފާއުގަަައި ނިކުމެވަޑައިގަތުމުން އެކަން ނަޝީދު ވަނީ ހުއްޓަވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން