ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ހުޅުޖެހުމަށް ހިތްވަރު ލިބޭގޮތަށް ކުރި ޓްވީޓަކާއި ގުޅިގެން ފުލުހުން ހައްޔަރުކުރި، ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު އައްބާސް ހައްޔަރުކުރީ ޓެރަރިޒަމަށް ހިތްވަރު ދިންކަމުގެ ކުށުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ދެ ފަހަރެއްގެ މަތިން 7 ދުވަހުގެ މުއްދަތެއް ކޯޓުން ޖެހިއެވެ.

ނަމަވެސް ތިންވަނަ ފަހަރު މުއްދަތު އިތުރު ނުކޮށް އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

އައްބާސްގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ކުރި އެ ޓްވީޓާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އައްބާސް ވަނީ އެ ޓްވީޓް ކުރި އެކައުންޓަކީ އޭނާގެ އެކައުންޓެއް ނޫންކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން