އިބްރާހިމް ފަހީމް   14 ޖެނުއަރީ 2023 - 2:33
ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މައުމޫން ދެންމެ ވިދާޅުވީ، ހާލުކޮޅު ރަނގަޅުވުމާއިއެކު ޑޮކްޓަރުން ހުއްދަ ދެއްވުމުން މިހާރު ހުންނެވީ ގެކޮޅުގައި ކަމަށެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި އަވަސް ޝިފާއަކަށް އެދި ދުއާ ކޮށްދެއްވި އެންމެންނަށްވެސް މައުމޫން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކުރީ ލޭގެ ޕްރެޝަރ ދަށްވެގެން، ޓެސްޓްތަކެއް ހެދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން