އައްޑޫ ސިޓީގެ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމަށް މިއަދު އައްޑޫ ސިޓީއަށް ފެއްޓެވި ދަތުރުފުޅުގައި ފޭދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އައްޑޫ ސިޓީގެ ތަރައްގީއާއި ގުޅިފައިވަނީ އެ ސިޓީގެ އެއަރޕޯޓު ތަރައްގީވުމާކަމަށެވެ. އަދި އެކަމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އެއަރޕޯޓުގެ ޓެކްނިކަލް އިވެލުއޭޝަން ނިމިފައިވާ ކަމަށާއި މިހާރު އެ މަސައްކަތް އޮތީ ފައިނަލް އިވެލުއޭޝަންގެ މަރުހަލާގައި ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އައްޑޫ ސިޓީގެ ބަނދަރުތައް ހެދުމާއި މަގު ހެދުމުގެ އިތުރުން ކަރަންޓު ވިއުގައިގެ މަސައްކަތް ވެސް ކުރިއަށްދާ ކަމާއި އޭގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތާއި ކަރަންޓް ވިއުގައިގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އައްޑޫގެ މަގުތައް ހަދަމުން ދަނީ ރަނގަޅު ޕްލޭންއަކާއި އެކުގައި ކަމަށާއި މަގު ހެދުމުގެ މަޝްރޫއަކީ ލިންކްރޯޑަށް ފަހު އެ ސިޓީގައި ކުރެވޭ ތަރައްގީގެ އެންމެ ބޮޑު މަސައްކަތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން