އިބްރާހިމް ފަހީމް   13 ޖެނުއަރީ 2023 - 18:18
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

ރައީސް މައުމޫން އެޑްމިޓް ކޮށްފައިވަނީ ލޭގެ ޕްރެޝަރ ދަށްވެގެން ޓެސްޓްތަކެއް ހެދުމަށެވެ. ޓެސްޓްތައް ހެދުން ކުރިއަށް ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

ހޮސްޕިޓަލްގައި އޮންނަވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެސްޓްތަކެއް ހެދުމަށް މިވަގުތު އޮންނެވީ ހޮސްޕިޓަލްގައި ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ.



ރައީސް މައުމޫން އެންމެފަހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ ރާއްޖޭގައި ކޮވިޑު19 އެންމެ ހަލުވިކޮށް ފެތުރުނު ދުވަސްވަރުއެވެ.



ކިޔުންތެރިންގެ ހިޔާލު