އިބްރާހިމް ފަހީމް   13 ޖެނުއަރީ 2023 - 17:55
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެމަނިކުފާނު މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ފޭދޫއަށެވެ. ފޭދޫން ވަނީ ކުދިބޮޑު ދެޖިންސްގެ ގިނަ އަދަދެއްގެ ބަޔަކު އެ ރަށު ބަނދަރު ސަރަހައްދަށް ޖަމާވެ ރައީސް ޞާލިޙަށް މަރުހަބާ ދަންނަވާފައެވެ.

އެގޮތުން ފޭދޫ ބަނދަރު ސަރަހައްދުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުން ކުރިއަށް ދިޔައިރު ރައީސާއި ސަލާމް ކުރުމަށް ރައްޔިތުން ތިބީ ދިގު ސަފެއް ހަދައިގެނެވެ.

ޕްރައިމަރީގެ ކެމްޕޭންގައި އައްޑޫ ސިޓީގެ ފޭދޫގެ އިތުރުން އިތުރު ރަށްތަކަށް ވެސް ރައީސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު