ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ނުލަފާކަން ދައްކަވާ ބޭފުޅެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގައި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާތީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރަތް ކުރަށްވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބާ ބޭފުޅުން ނަޝީދަށް ތާއީދު ކުރެއްވި ނަމަވެސް ވަޒީފާއިން ކަނޑާ ނުލާ ކަމަށެވެ.





އަދި ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންނަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެ ދިނުމަށް އައްޔަނުކޮށްފައިވާ ބައެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"ދެން ކޮން ބަޔަކަށް ބިރު ދައްކާ ވާހަކައެއްތޯ މަނިކުފާނު ތަކުރާރުކޮށް ތި ދައްކަވަނީ؟ ރައީސް ސޯލިހަކީ ނުލަފާކަން ދައްކަވާ ބޭފުޅެއް ނޫން." ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނަށް އެމަނިކުފާނުގެ ނުލަފާކަން ފެނިގެންދާނެ ކަމަށް ވިދާޅުވެފައިވާ ބަސްފުޅަށް އިޝާރަތް ކުރަށްވަމުން ރޮޒެއިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީން މަޖުބޫރުކޮށްގެން އެއްވެސް މީހަކު އެއްވެސް ތާކަށް ނުގެންދާނެ ކަމަށެވެ. އަދި އެޕާޓީގެ ޕްރައިމަރީގައި ވެސް މަޖުބޫރުކޮށްގެން ޕާޓީގެ މެމްބަރެއް އެއްވެސް ތާކަށް ނުގެންދާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އައްޔަންކޮށްފައި ތިބި މީހުންވެސް ކިޔާނެ އެއްޗެއް ކިޔަމުން އެދަނީ އެއްކަމެއް ވެސް ނުކުރޭ." ރޮޒައިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު