މާލޭ ޖަލަށް މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޛުކުރުމަށް ގެނައި ގައިދީއަކު މިއަދު ނިޔާވެއްޖެއެވެ.
ނިޔާވީ ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) އެވެ.
ކަރެކްޝަނުން ބުނީ މުޙައްމަދު ރަޝީދު ރޭ ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާތީ ރޭ 10 ޖަހާކަށްހާއިރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ.
އޭނާ ނިޔާވީ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ގާތްގަނޑަކަށް މިއަދު ހެނދުނު 10:40 ހާއިރުކަމަށް ކަރެކްޝަނުން ބުނެއެވެ.
މުޙައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. މުޙައްމަދު ރަޝީދު މިމަހުގެ 8 ވަނަ ދުވަހު ޖަލަށް ގެނައުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައިނުވާކަމަށާއި އަދި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ވެސް ނޫންކަމަށް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނީ މުޙައްމަދު ރަޝީދު ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު