ޖުވެނައިލް ޑިޓެންޝަން ސެންޓަރ ތައްޔާރުކޮށް ހުޅުވަން ބޭނުންވި ދުވަހަށް އެކަން ވުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމްސީއެސްއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއްކަން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ.

މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު ހާޟިރީއަށާއި އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލައާއި ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު އައްސޭރި ޖަލުގެ އެންމެހާ އޮފިސަރުންނަށާއި މުވައްޒަފުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވަމުން، ވަކިން ހާއްސަކޮށް ވޭތުވެ ދިޔަ އަހަރު ވަރަށް ބުރަކޮށް މަސައްކަތްކޮށް، ރިވެތި ސިފަ އާއި އަޙްލާގުދައްކާ އަދި މަސައްކަތުގައި ރީތި އަޙްލާގު ދެއްކި އޮފިސަރުންނަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.

އައްސޭރި ޖަލަށް ގިނަ އުމްރާނީ އިސްލާހުތަކެއް ގެންނަންޖެހޭކަމަށާއި ކޯވިޑް-19 ގެ ގޮންޖެހުންތަކުން ލަސްތަކެއް ކުރިމަތިވީ ނަމަވެސް، އައްސޭރި ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ރޭވިފައިހުރި ބައެއް ކަންތައްތައް ފުރިހަމަކޮށްފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދުވެ، އައްސޭރި ޖަލުގެ އޮފިސަރުންނާއި ޤައިދީންގެ ބުރަ މަސައްކަތުންނާއި ޕްރިސްކޯގެ ދީލަތި އެހީތެރިކަމުން، ކުށްކުރާ ކުޑަކުދިން ބޭއްތިއްބުމަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރ ތައްޔާރުކޮށް ހުޅުވަން ބޭނުންވި ދުވަހަށް އެކަން ވުމަކީ އެމްސީއެސްއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދުވެ، އައްސޭރި ޖަލުގެ އޮފިސަރުންނާއި ޤައިދީންގެ ބުރަ މަސައްކަތުންނާއި ޕްރިސްކޯގެ ދީލަތި އެހީތެރިކަމުން، ކުށްކުރާ ކުޑަކުދިން ބޭއްތިއްބުމަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރ ތައްޔާރުކޮށް ހުޅުވަން ބޭނުންވި ދުވަހަށް އެކަން ވުމަކީ އެމްސީއެސްއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަޞައްވަރުކުރާ ގޮތަށް، ކުށްކުރާ ކުޑަކުދިން ވަކިން ބަންދުކޮށްގެން ބަލަން ފެށުމަކީ އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށާއި އަދި އެ ކުދިން ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖްތަމަޢުއަށް ނެރުމުގެ މަސައްކަތްކުރަންޖެހޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން އައްސޭރި ޖަލުގެ ބައެއް އިމާރާތްތަކާއި ތަންތަނުގެ އާބާތުރަ ފިލުވައި ބުރަ މަސައްކަތްކޮށްފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

އައްސޭރި ޖަލުގެ ޤައިދީން މުޖްތަމަޢު ތެރޭގައި ކުރިއަށްގެންދާ ބައެއް މުބާރާތުތަކުގައި ބައިވެރިވެ، ވަނަ ހޯދާފައިވާކަމާއި ޤައިދީންނާއި އޮފިސަރުންގެ ކުރިއެރުމަށް އައްސޭރި ޖަލުން ގިނަ މުބާރާތްތައް ބާއްވައި، ޤައިދީންގެ ބައިވެރިވުން ކުރިއެރުވުމަށް ގެންގޮސްފާވާކަން ކޮމިޝަނަރ އުފަލާއެކު ފާހަގަކުރެއްވިއެވެ.

އައްސޭރި ޖަލުގެ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ ތެރެއިން އިންފްރާސްޓްރަކްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވި، އެ ބަދަލުތައް ގެންނަން ފެށުމުން ޖަލު ބަދަލުކުރަން ބޭނުންވާ މޮޑަލްއަށް ފެތެން ފަށާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އައްސޭރި ޖަލުގެ ޑީޕީ އާއި ހުރިހާ އޮފިސަރުންނާއި މުވައްޒަފުންގެ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ޝުކުރުދެންނެވިއެވެ.

ހުރިހާ އޮފިސަރުންނަށާއި މުވައްޒަފުންނަށް މުހާތަބްކުރައްވަމުން ސީޕީ ވިދާޅުވީ މަސައްކަތު މާހައުލުގައި ވީހާވެސް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަށް އަޒުމު ކަނޑައެޅުމަށާއި ޕްރޮފެޝަނަލިޒަމް އަކީ އެންމެންވެސް އިތުރަށް ދަސްކުރަންޖެހޭ ކަމައް ކަމަށެވެ. އަދި އަބަދުވެސް އަމިއްލަ ނަފްސުގައި އަދި މުވައްސަސާގައި އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރިކަން ޤަބޫލުކޮށް، އެކަންތައްތައް ދެނެގަތުން މުހިއްމުކަމަށާއި ތަފާތު ހިޔާލުތައް ލިބުމުން ރަނގަޅު ނަތީޖާ ލިބެމުންދާނެކަމަށާއި ހިޔާލު ތަފާތުވާ ހާލަތްތައް އަންނާނެކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ކަމަށާއި ހިޔާލު ތަފާތުވުމަށް އެއްބަސްވާން ޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު