ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލެއް ރާއްޖޭގައި ޢާއްމުކޮށްފިއެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އާއްމުކޮށްފައިވާ ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނަންދިނުމުގައި ބަލާނެ މިންގަނޑުތަކާއި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރުމެވެ.
މިއުސޫލަކީ ރާއްޖޭގެ ޖިއޮގްރެފިކް ސަރަޙައްދުތަކަށް ވަކި ނަމެއް ދިނުމާއި އަލަށް އުފައްދާ ތަންތަނަށް ނަންދިނުމާއި ވަކި ނަމެއް މިހާރު ދީފައި ނުވާތަންތަނަށް ނަންދިނުމާއި އާއްމުކޮށް ބޭނުންކުރާ ނަމެއް ރަސްމީކޮށް ކިޔުމަށާއި ނުވަތަ ބޭނުންކުރަމުންދާ ނަމެއް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.
މިއުސޫލުގެ ދަށުން ތަނަކަށް ނަމެއް ދިނުމަށް ނުވަތަ ނަމެއް ބަދަލުކުރުމަށް ހުށައަޅަންޖެހެނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށެވެ.
މިއުސޫލުގައި ބަޔާންކުރާގޮތުން މިފަދައިން ހުށައެޅުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި އެސަރަޙައްދެއް ނުވަތަ އެހުށައަޅާ ފަރާތެއް ނިސްބަތްވާ މަސްއޫލުވެރި ދައުލަތުގެ އިދާރާ ނުވަތަ މިނިސްޓްރީ މެދުވެރިކޮށެވެ. މީގެއިތުރުން އަމިއްލަ ފަރާތްތަކުން ހިއްކާފައިވާ ސަރަޙައްދެއްނަމަ އެތަނަކަށް ނަން ދިނުމުގެ ހުއްދަ އެތަނެއް ހިއްކި ފަރާތަކަށް މިއުސޫލުން ލިބިދެއެވެ.
ޖިއޮގްރަފިކް ސަރަޙައްދަކަށް ނަން ދިނުމުގައި ދިވެހިވަންތަ އަދި އެސަރަޙައްދެއްގެ ތާރީޚާއި ގުޅުވާ އަދި ގުދުރަތީގޮތުން ލިބިފައިވާ ޚާއްސަ ސިފަތަކަށް ރިޢާޔަތްކޮށް ނަންދިނުމަށް މިއުސޫލުގައި ބާރުއަޅައެވެ.

ކިޔުންތެރިންގެ ހިޔާލު