ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސްލޯގަން އަކީ "އަންނަނީ އަންނަނީ" ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސްލޯގަން އަކީ "އަންނަނީ އަންނަނީ" ކަމަށެވެ. އެގޮތުން އޮލިމްޕަސް ހުޅުވުމަށް ކުރާ މަސައްކަތުން މި ސަރުކާރުގެ ހާލަތު ސިފަ ކުރެވޭނެ ކަމަށާއި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ އޮލިމްޕަހުގައި ކުލަކޮޅެއްލާ ބޮކިކޮޅެއް ހަރުކުރުމަށް ފަހު ހުޅުވަން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދިވެސް އެ މަސައްކަތް އޮތީ "އަންނަނީ އަންނަނީ" ގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމާއި އަމީނީ މަގު ހެދުމުގެ މަސައްކަތް އޮތީވެސް "އަންނަނީ އަންނަނީ" ގައި ކަމަށެވެ. އަދި ދައުލަތުން ގެއްލުނު އެންމެ ފައިސާ ފޮއްޗެއްވެސް ނުހޯއްދަވާ އެ މަަސައްކަތްވެސް އޮތީ "އަންނަނީ އަންނަނީ" ގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މި ސަރުކާރުގެ ސްލޯގަން އަކީ ޝިއާރަކީ އޮލިމްޕަހުގައި އަޅުވާނެ އަންނަނީ، އަންނަނީ، ދެން އަންނަނީ ދެން އަންނަނީ. މިއަންނަ ކުއާޓަރުގައި އަންނަނީ، އަނެއް ކުއާޓަރުގައި އަންނަނީ. މި ފިލްމެއް ނުއެއް ފެނުނު، ހަމަ އަންނަނީ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ނިންމާނުލެވުން ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ޖަހާފައި ހުރި ވެލިފުންޏެއް އެބަހުރި ކަމަށާއި އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެއިން އެއްވެސް ރަށެއްގަައި ކަމެއް ވެފައެއް ނެތް، މަގުހެދުމުގެ ބައިވަރު ވާހަކަ ދައްކަމުން އެބަގެންދޭ، ނަރުދަމާ އެޅުމުގެ ބައިވަރު ވާހަކަ ދައްކަމުން އެބަގެންދޭ. ،އެމްޑީޕީގެ މެމްބަރުން ކަންބޮޑުވަނީ ކަންކަން ނިއްމާނުލެވޭތީ. ކަންކަން ރީތިކޮށް ވަޑިފައްޗަށް ރަހައަށް ގެންގޮސް ޕްރޮޖެކްޓްތައް ނިންމާނުލެވޭތީ." ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮޅުވާނެ އެއްވެސް މަގެއް ނެތްކަން އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް މިހާރު ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ. އަދި ޕްރައިމަރީން އެމަނިކުފާނު ދެން އަތުނުވާނެ ކަމަށާއި، ރައީސް ސޯލިހް މޮޅުވާނެ އެއްވެސް ގޮތެއް ނެތްކަން އެމަނިކުފާނުގެ ސަޕޯޓަރުންނަށް މިހާރު މާބޮޑަށްވެސް ޔަގީން ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިއަދު އެ ބޭފުޅާ (ރައީސް ސޯލިހްގެ) ގެ ޓީމުގެ ބޭފުޅުންނަށް އެނގޭނެ އަޅުގަނޑުމެން އެތެރޭ ޓްރެކަށް އަަރައިފިކަން، މި ރޭސް ނިންމާނީ އަޅުގަނޑުމެންކަން. ދެނެއް އަޅުގަނޑުމެންނެއް އަތެއް ނުވާނެ. ދެނެއް އަޅުގަނޑުމެންނެއް އަތެއް ނުވާނެ. އަޅުގަނޑުމެން މި ތިބީ އެތެރޭ ޓްރެކްގައި،" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު