އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަސްމީ ދެ ހަފުލާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
އެގޮތުން އައްޑޫ އަތޮޅު ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތާއި 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިން ކޯހުގެ ޕާސަނަލް ޕެރޭޑްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ ކެމްޕޭން ދަތުރުފުޅަކަށްވާތީ އެ ދަތުރުފުޅުގެ ޚަރަދު ކުރައްވާނީ ކެމްޕޭން ޓީމުން ކަމަށެވެ. ކެމްޕޭނަށް ކުރައްވާ އެއްވެސް ދަތުރުފުޅެއްގައި ސަރުކާރުން ހަރަދު ނުކުރާނެ ކަމަށް މިއުވާން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު