ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ޕީސީއާރު މެޝިނަކާއި ޓެސްޓް ކިޓްތަކެއް އޭޑީކޭ ހޮސްޕިޓަލަށް މިއަދު ހަދިޔާކޮށްފިއެެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެންބަސީން އޭޑީކޭ ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ ޗީފް ކޮމާޝަލް އޮފިސަރ އަހުމަދު ނާޝިދު ވިދާޅުވީ ޕީސީއާރު މެޝީން ލިބުމުގެ ސަބަބުން އޭޑީކޭއިން ޕީސީއާރު ހަދައިދޭ އަގައް ޑިސްކައުންޓު ދޭނެ ކަމަށެވެ. ޕީސީއާރު ޓެސްޓުތަކުގެ އަގަށް ގެންނަ ބަދަލާއެކު ދިވެހިންނާއި، ބިދޭސީންނަށް ވެސް އެޚިދުމަތުގެ އަގު ހެޔޮވާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވަންގް ލިޒިން ވިދާޅުވީ މި އެހީއާއެކު ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ. އަދި އެހީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ތިބި ޗައިނާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށާއި ކުރިއަށް އޮތްތާގައި ސިއްހީ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު