އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަގަހައެއް އެމަނިކުފާނުގެ ހުޅުވައިދެއްވައިފިއެވެ.
ހެންވޭރުގައިގައި ހުޅުވި މި ޖަގަހަ ހުޅުވައިދެއްވީ މިއަދު ހަވީރު ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އެ އަވަށުގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމުގެ ހަރަކާތުގެ ތެރެއިންނެވެ. ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ޖަގަހައިގައި ހަމަޖައްސާފައިވާ އިންތިޒާމުތައް ބައްލަވާލައްވާ، ކެމްޕޭން ކުރިއަށް ދާނެގޮތުގެ މަޝްވަރާތައް ކުރައްވާފައެވެ.
މި ހަރަކާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީގެ އިތުރުން ރައީސަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
މިއަދު ހެންވޭރުގެ ރައްޔިތުންނާއި ރައީސް ބައްދަލު ކުރެއްވިއިރު އިއްޔެ ރައީސް ޞާލިޙް ވަނީ ހުޅުމާލެ ދާއިރާގެ ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި ކުރިއަށްއޮތް ދުވަސްތަކުގައި ވެސް ރައީސް ޞާލިޙްގެ ކެމްޕޭން ޓީމުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު