ކުޑަކުދިންނަށްދޭ ދިޔާ ބޭސްތަކެއްގައި ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ އެކަމަށް ސަމާލުވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އަންގައިފި އެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގަައި ބުނެފައިވަނީ ތަޣައްޔަރުވެފައިވާ އަދި ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ ޑަބްލިއުއެޗްއޯއިން އިންޑިއާގެ ކުންފުންޏަކުން އުފައްދާ އެމްބޮރޮނޮލް ކަފް ސިރަޕާއި ޑޮކް-1 މެކްސް ކިޔާ ދިޔާ ބޭހަކަށް ސަމާލުވުމަށް އެލާޓެއް ނެރެފައިވާ ކަމަށެވެ.
އެމްއެފްޑީއޭގެ އިއުލާންގައި ބުނީ އެއީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ އޮންނަ ބޭސްތަކެއް ނޫން ކަމަށް ވިޔަސް، ބޭސް ސިޓީ ލިޔެދީގެން އެ ބޭސް އެތެރެވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވާން އެމްއެފްޑީއޭއިން ނެރުނު އިއުލާނުގައި އެދިފައިވެއެވެ.
މީގެއިތުރުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު، ރާއްޖޭގެ ޕޯޓްތަކުން ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ބަލަމުންދާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު