ށ. ބިލެތްފަހިގައި މި ސަރުކާރުން ތަރައްގީ ކުރަމުން ގެންދާ ބަނދަރުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
ސަރުކާރުން މި މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނިކަމަށްވާ އެމްޓީސީސީން މިއަދު ބުނީ، ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ ރިވެޓްމެންޓް ޖެހުމާއި ހާބާ ބޭސިން ފުން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
28.42 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށް އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީން ހަވާލުކުރި މި މަސައްކަތުގެ ތެރެއިން 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއެކު 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.
އޭގެ އިތުރުން 434 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1565 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތިއާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު