އިބްރާހިމް ފަހީމް   12 ޖެނުއަރީ 2023 - 16:39
މާލެއިން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ ދ. މާއެނބޫދޫ / ފަރިމާވިލާ، އުމުރުން 34 އަހަރުގެ ޙަސަން ރަމީޒެވެ.

ފުލުހުން ބުނިގޮތުގައި މިމަހު 6 ވަނަ ދުވަހުން ފެށިގެން ޙަސަން ރަމީޒްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިމަހު 10 ވަނަ ދުވަހު ކަމަށެވެ.

އޭނާ ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވާތީ، ޙަސަން ރަމީޒްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު