ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ވޯލްޑް ބެންކުން އާއްމުކޮށްފައިވާ އާންދާޒާތަކަކީ ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގެ ލަފާކުރުންތަކަށްވުރެ މަތީ އަދަދުތަކެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ ދެކުނު އޭޝިޔާގައި މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދުކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާ، ވޯލްޑް ބެންކުން ހާމަކުރުމުންނެވެ.
ވަރލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކޮށްފައެވެ.
މިނިސްްޓަރ އަމީރު ވިދާޅުވީ މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުން ނެރުވުނު ނަތީޖާތަކެއްކަމަށެވެ. އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލީގެ ފޯކާސްޓް 8.2 އިންސައްތައަށް ލަފާކޮށްފައިވާއިރު މިއަންދާޒާތަކަކީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނެރެފައިވާ އަންދާޒާތަކަށް ވުރެވެސް މަތީ އަދަދެއްކަމަށް ރިޕޯޓްގައިވެއެވެ.
އިގްތިސާދުތަކާއި ގުޅޭގޮތުން އެންމެ ސައްހަ މައުލޫމާތު އާއްމުކުރާ އެއް އިދާރާކަމަށްވާ، ވޯލްޑް ބެންކުން ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން މައުލޫމާތު އާއްމުކޮށްފައިވަނީ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައެވެ.
ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެެ އިގްތިސާދީ ހާލަތު ދިރާސާކޮށް ނެރުނު މިރިޕޯޓްގައިިވާ ގޮތުން ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގްތިޞާދީގޮތުން އެންމެ ބޮޑު ކުރިއެރުންތަކެއް ހޯދަމުންދަނީ ރާއްޖެ، އިންޑިއާ އަދި ނޭޕާލެވެ.
ރިޕޯޓްގައިވާ ގޮތުން ދެކުނު އޭޝިޔާގައި ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިންވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދެވެ. އޭގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަން ކުރިއެރުމާއި އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓްތައް އިތުރުވުންކަމަށް ރިޕޯޓްގައިވެއެވެ.
ވޯލްޑް ބެންކުން ބުނީ އިގްތިސާދަށް ލިބުނު ކުރިއެރުންތަކާއެކު ރާއްޖޭގެ އިގްތިސާދު ކޯވިޑްގެ ކުރިން އޮތް ހިސާބަށް ލަފާކުރި ވަރަށް ވުރެ އަވަހަށް ގޮސްފައިވާކަމަށެވެ.
ދެކުނު އޭޝިޔާގައި މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދުކަމަށް ވޯލްޑް ބެންކުން ބުނެފައިވާއިރު، މިދިޔަ އަހަރުވެސް މިސަރަހައްދުގައި އެންމެ ބާރަށް ކުރިއެރީ ރާއްޖޭގެ އިގްތިސާދުކަމަށް ރިޕޯޓްތަކުގައި ވަނީ ހާމަކޮށްފައެވެ.

ވަރލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައި. މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުން. (1/3)
— Ibrahim Ameer (@iameeru) January 12, 2023
ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެެ އިގްތިސާދީ ހާލަތު ދިރާސާކޮށް ނެރުނު މިރިޕޯޓްގައިިވާ ގޮތުން ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގްތިޞާދީގޮތުން އެންމެ ބޮޑު ކުރިއެރުންތަކެއް ހޯދަމުންދަނީ ރާއްޖެ، އިންޑިއާ އަދި ނޭޕާލެވެ.
ރިޕޯޓްގައިވާ ގޮތުން ދެކުނު އޭޝިޔާގައި ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިންވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދެވެ. އޭގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަން ކުރިއެރުމާއި އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓްތައް އިތުރުވުންކަމަށް ރިޕޯޓްގައިވެއެވެ.
ވޯލްޑް ބެންކުން ބުނީ އިގްތިސާދަށް ލިބުނު ކުރިއެރުންތަކާއެކު ރާއްޖޭގެ އިގްތިސާދު ކޯވިޑްގެ ކުރިން އޮތް ހިސާބަށް ލަފާކުރި ވަރަށް ވުރެ އަވަހަށް ގޮސްފައިވާކަމަށެވެ.
ދެކުނު އޭޝިޔާގައި މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދުކަމަށް ވޯލްޑް ބެންކުން ބުނެފައިވާއިރު، މިދިޔަ އަހަރުވެސް މިސަރަހައްދުގައި އެންމެ ބާރަށް ކުރިއެރީ ރާއްޖޭގެ އިގްތިސާދުކަމަށް ރިޕޯޓްތަކުގައި ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު